ޒަކާތު ޕޯޓަލް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ، ޕޯޓަލް އަކީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް އާންމުންނަށް ވީހާވެސް ފަސޭހަގޮތެއްގައި ޒަކާތާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕޯޓަލްއެއް ކަމަށެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޕޯޓަލް ތައްޔާރު ކުރުމުގެ ބީލަމުގައި ބައިވެރި ވެވޭނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއިއުލާނާގުޅޭ މައުލޫމާތު ބައްދަލުވުން، އަންނަ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އެ މިނިސްޓްރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 14 ވަނަ ދުވަހުގެ 11:00 ކުރިން[email protected]އަށް އީމެއިލް ކޮށްގެން ނުވަތަ 3020286 ،3020261، 3020212 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީން އެދެއެވެ.