ޓޮޓެންހަމް ހޮޓްސްޕާ އާއި އެޑެން ހެޒާޑް ގުޅިއްޖެ ނަމަ، އެއީ އޭނާ އަށް ކުރެވޭނެ ބޮޑު ކުށެއް ކަމަށާއި އެންމެ ރަނގަޅުވާނީ އާސެނަލްއާ ގުޅުން ކަމަށް އެކުލަބުގެ ޑިފެންޑަރު ބަކާރީ ސަންޔާ ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ބެލްޖިއަމް ފޯވާޑް ހެޒާޑް ހޯދުމަށް ޔޫރަޕުގެ ބޮޑު ކުލަބުތަކަކުން މަސައްކަތް ކުރަމުންދެ އެވެ. އެގޮތުން ޖަރުމަނުގެ ބެޔާން މިއުނިކާއި، އިޓަލީގެ އިންޓަމިލާނާއި، އިނގިރޭސި ވިލާތުގެ އާސެނަލް، ޓޮޓެންހަމް، މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން އިތުރުން ޗެލްސީ އިން ވެސް ހެޒާޑް ހޯދުމަށް މަސައްކަތް ކުރަމުން ދެއެވެ.

"ޓޮޓެންހަމް އާއި ހެޒާޑް ގުޅުމަކީ އޭނާ އަށް ހެދޭނެ ބޮޑު ގޯހެއް. އަހަރެން ފްރާންސް ލީގު ބަލަން. ހެޒާޑަކީ މޮޅު ކުޅުންތެރިއެއް. އެންމެ ރަނގަޅުވާނީ އާސެނަލް އާއި ގުޅުން. ކުލަބަކަށް ބަދަލުވުމުގެ ކުރިން އެންމެ މުހިންމު ވާނީ އެގުޅެން އެޅޭ ކުލަބެއް ކުޅޭ ގޮތް ބެލުން." ހެޒާޑް ބުންޏެވެ.

ބެލްޖިއަމްގެ ޒުވާން ކުޅުންތެރިންތަކެއް މިސީޒަނުގައި ޕްރެމިއާ ލީގުން ފެނިފައި ވެއެވެ. މިސީޒަންގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކަކޫ އާއި ގޯލްކީޕަރު ތިބޯޓް ކޯޓޮއިސްގެ އިތުރުން ޖެނުއަރީ މަހު ވެންޑެ ބްރޫ ވެސް ޗެލްސީ އާއި ގުޅިފައި ވެއެވެ.