މެންޗެސްޓާ ސިޓީއަށް 24 މިލިޔަން ޕައުންޑްގެ އަގެއް ހުށަހަޅާފައި ނުވާނެ ކަމަށް ނުވާނެ ކަމަށް މިސީޒަނުގައި އާސެނަލް އިން މެންޗެސްޓާ ސިޓީއާ ގުޅުނު ސާމިރް ނަސްރީ ބުނެފި އެވެ.

މިސީޒަނުގައި އާސެނަލް ދޫކޮށް މެންސިޓީ އާއި ގުޅުމުން ނަސްރީ އަށް ގިނަ ފާޑި ކިއުންތަކެއް އަމާޒުވެފައި ވެއެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިއުނީ ނަސްރީ މެންސިޓީއާއި ގުޅުނީ ފައިސާ އަށް ކަމަށް ބުނެ އެވެ. ނަމަވެސް ނަސްރީ އެކަމަށް ދެކޮޅު ހަދައި ރައްދު ދެމުން ދެއެވެ.

"އަހަރެންނަށް 24 މިލިޔަން ޕައުންޑްގެ އަގެއް ކިއުމަކަށް އަހަރެން ނުބުނަން. ނަމަވެސް ކުޅުންތެރިއެއް ގެންނަ ކުލަބުން އޭނާގެ ކުރީގެ ކުލަބަށް ފައިސާތަކެއް ދޭން ޖެހޭނެ. ކުޑަ އަގަކަށް ކުޅުންތެރިއަކު ދުލެއް ނުކުރާނެކަން އެންމެނަށް ވެސް އެނގޭނެ." ނަސްރީ ބުންޏެވެ.

އާސެނަލްއަށް 2008 ވަނަ އަހަރު ފްރާންސްގެ މާސޭލް އިން 15.8 މިލިޔަން ޕައުންޑަށް ބަދަލުވި ނަސްރީ އެކުލަބާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކި އެއްއަހަރު އޮތުމުން މިސީޒަނުގައި އާކޮންޓްރެކްޓެއް އާސެނަލުން ހުށަހަޅި އެވެ. ނަމަވެސް އެހުށަހެޅުން ދޫކޮށްލުމަށް ފަހު ނަސްރީ ގުޅުނީ މެންސިޓީ އާއެވެ.