ނައިބު ރައީސް ފައިސަލް ނަސީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "ސަން"އަށް ވިދާޅުވީ ނައިބު ރައީސްގެ ހާލުކޮޅު ސީރިއަސް ނޫންކަމަށެވެ. ނަމަވެސް ހާލަތު އެންމެ ރަނގަޅުކަމުގައި ނުވުމާއެކު އެޑްމިޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

ނަމަވެސް އެއީ ކޮވިޑު ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް މީގެ ކުރިން ވެސް ވަނީ ސިއްހީ ގޮތުން ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

އެއީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެފަހަރު ނައިބު ރައީސް އެޑްމިޓްކުރީ ހުން އައުމުގެ ސަބަބުންނެވެ.