އަންނަ މަހު އަވައްޓެރި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ނޭޕާލުން ވާދަކުރާ ގައުމީ ޓީމުގެ ސްކޮޑު މިއަދު އިއުލާން ކޮށްފި އެވެ.

ނޭޕާލް ގައުމީ ކޯޗް ގްރަހަމް ރޮބަޓްސް އިއުލާން ކުރި މި ސްކޮޑުގައި 21 ކުޅުންތެރިން ހިމެނުނު ނަމަވެސް، އަންނަ ހުކުރު ދުވަހު 20 ކުޅުންތެރިންނަށް މަދުކުރެވޭނެ ކަމަށް އޯލް ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން (އޭއެންއެފްއޭ) އިން ބުންޏެވެ.

ނޭޕާލްގެ ކޯޗް ގްރަހަމް ރޮބަޓްސް އިޢުލާންކުރި 21 ކުޅުންތެރިނަކީ:

ގޯލްކީޕަރުން: ކިރަން ޝެމްޒޮންގް، ބިކާޝް މައްލާ އަދި ރިތޭޝް ތަޕާ

ޑިފެންޑަރުން: ސަގަރް ތަޕާ، ސަންދީޕް ރާއީ، ރޯހިތް ޗާންދް، ރޮބިން ޝުރެސްތާ، ބިރާޖް މަހަރްޖާން، ސަބިންޑްރާ ޝުރެސްތާ، ދީމަޕް ބުޝަލް އަދި ޖިތެންދްރާ ކާކީ

މިޑްފީލްޑަރުން: ރާޖޫ ތަމަންގް، ނިރަޖާމް ކަދްކާ، ބޯލާ ސިލްވަލް، ސޫޖަލް ޝުރެސްތާ އަދި ތަންކާ ބަސްނެޓް

ފޯވާޑުން: ޖުމާނުއް ރާއީ، ސަންތޯޝް ސަހުކަލާ، އަނިލް ގުރަންޖް، ގަނޭޝް ލަވަތީ އަދި ބާރަތް ކަވާޝް

އޭއެފްސީ ޗެލްންޖް ކަޕްގައި ވާދަކުރާ އަށް ޓީމު ދެގްރޫޕަކަށް ބަހާލެވާ އިރު، ރާއްޖެ ފަޅީގައި ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ. އަނެއް ގްރޫޕްގައި ހިމެނެނީ އިންޑިއާ އާއި، ނޯތް ކޮރެއާ އާއި، ޕިލިޕީންސް އަދި ތަޖިކިސްތާން އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ތުރްކުމެނިސްތާނާ ދެކޮޅަށެވެ.