Last Updated:
4 year 2 month ago

ސާފް ޗެމްޕިއަންޝިޕް: ސްރީލަންކާ 2 - 3 ނޭޕާލް

    ބުލޮގު ޚުލާސާ

    ސާފް ޗެމްޕިއަންޝިޕުގެ ހަތަރުވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ޓީމު އަތުން ބަލިވި ސްރީލަންކާއާއި ރާއްޖެ އަތުން މޮޅުވި ނޭޕާލްއެވެ.

    މިފަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަކޮށް އޮތް އެއް ޓީމަކީ ނޭޕާލްއެވެ. މުބާރާތުގެ ކުރިން ރަނގަޅު ފަރިތަކުރުންތަކަކާ އެކު އެ ޓީމުން ވަނީ ވަރުގަދަ މެޗުތަކެއް ވެސް ކުޅެފައެވެ. އެގޮތުން އިންޑިއާގެ ޓީމާ ދެކޮޅަށް ދެ މެޗެެއް ކުޅެފައިވާ އިރު، އެ ޓީމުން ވަނީ އެ ދެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިއީ އެ ޓީމަށް ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ހޯދުމަށް ރަނގަޅު ފުރުސަތެކެވެ.

    މި މުބާރާތާއި ނޭޕާލް ކުރިމަތިލީ ފުރަތަމަ ފަހަރަށް މި މުބާރާތުގެ ތާރީހުގައި ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. އެންމެ ދުރަށްވެސް އެ ޓީމަށް ދެވުނީ މުބާރާތުގެ ސެމީފައިނަލާއި ހަމަޔަށެވެ. އެގޮތުން 1995 ގައި އަމިއްލަ ގައުމުގައި ބޭއްވި މުބާރާތާއި 199 އަދި 2011 އާއި 2013 ގެ މުބާރާތުންވެސް އެ ޓީމު ވަނީ ސެމީފައިނަލާއި ހަމަޔަށް ދަތުރުކޮށްފަައެވެ.

    ނޭޕާލާއި ސްރީލަންކާ ވަނީ މިހާތަނަށް 17 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެންމެ ފުރަތަމަ މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 1984 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ސްރީލަންކާ ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ސާފް ޗެމްޕިއަންޝިޕުގައި މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކުރީ 1993 ގައެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

    22:52

    މެޗު ނިމުނީ. ނޭޕާލްގެ ޓީމަށް މަރުހަބާ.

    22:51

    '90+5 - ލަންކާ ގޯލު. ޕެނަލްޓީ އެ ޓީމަށް ޖަހައިދިނީ ޑިލިއޮން ސެނަން ޑެ ސިލްވާ. މިހާރުގެ ސްކޯ އަކީ ނޭޕާލް 3 - 2 ސްރީލަންކާ

    22:45

    '90+5 - ލަންކާއަށް ޕެނަލްޓީ. މި ޕެނަލްޓީ އަކީ ނޭޕާލް ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިބުނު ޕެނަލްޓީއެއް.

    22:44

    ނޭޕާލްގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ އަޔުޝް ގަލަން. މިހާރުގެ ސްކޯ އަކީ ނޭޕާލް 3 -1 ސްރީލަންކާ.

    22:36

    '85:00 - ނޭޕާލް ގޯލު

    22:35

    '77:20 - ލަންކާއަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް.

    22:34

    ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ދަނީ އުފައްދަމުން. ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް އާދަޔާ ޙިލާފު މޮޅު ކުމެއް ދަނީ ފެންނަމުން

    22:25

    '67:00 - މިހާރުގެ ސްކޯ އަކީ ނޭޕާލް 2 - 1 ސްރީލަންކާ

    22:17

    '66:00 - ނޭޕާލަށް ލިބުނު ކައުންޓާ އެޓޭކެއްގައި ގޯލު ޖަހާނެ ހުސް ފުރުސަތެއް. އެ ބޯޅަ ދިފާއު ކުރީ ލަންކާ ކީޕަރު ސުޖަން ޕެރޭރާ.

    22:16

    ނޭޕާލްގެ ދެވަނަ ގޯލަށްފަހު ލަންކާގެ ކުޅުން ބޮޑު ތަނުން ރަނގަޅު ކޮށްފި.

    22:15

    އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް ފޮނުވާލައި ލަންކާއަށް އެ ގޯލު ޖަހައިދިނީ މާވިން ހަމިލްޓަން. މިހާރުގެ ސްކޯ އަކީ ނޭޕާލް 2 - 1 ސްރީލަންކާ

    22:12

    '56:00 - ލަންކާ ގޯލު.

    22:10

    '53:00 - މިހާރުގެ ސްކޯ އަކީ ނޭޕާލް 2 - 0 ސްރީލަންކާ.

    22:09

    ނޭޕާލްގެ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަންޖަން ބިސްޓާ.

    22:07

    '50:55 - ނޭޕާލްފެ ދެވަނަ ގޯލް.

    22:05

    މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް މިހާތަނަށް ފެންނަނީ ހަމަހަމަ ކުޅުމެއް.

    22:02

    ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކޮށްޓުން ލިބުނީ ނޭޕާލްއަށް.

    22:01

    ދެވަނަ ހާފަށް ދެ ޓީމު ވެސް ދަނޑުމައްޗަށް ނުކުމެއްޖެ.

    21:58

    21:48

    ސްރީލަންކާ ކޮޅަށް ގޯލު ޖެހުމަށްފަހު ނޭޕާލް ޓީމުން އުފާފާޅު ކުރަނީ ---- ފޮޓޯ: އަހްމަދު އައިމަން

    21:36

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ނޭޕާލް 1 - 0 ސްރީލަންކާ.

    21:33

    '35:00 - ނޭޕާލް 1 - 0 ސްރީލަންކާ

    21:31

    ނޭޕާލްގެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުމަން ލަމާ. ސުމަން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އަތުގައި ޖެހުމަށްފަހު ގޮސް ދަނޑީގައި ޖެހިފައި.

    21:29

    '30:00 - ނޭޕާލް ގޯލު.

    21:28

    ލަންކާގެ ޒުވާން މިޑްފީލްޑަރ ޑިލޮން ޑި ސިލްވާ އިނގިރޭސި ވިލާތުގެ ކުއީން ޕާކް ރޭންޖަސްއަށް ކުޅެމުން އަންނަ ކުޅުންތެރިއެއް.

    21:23

    21:21

    '24:00 - ލަންކާގެ ޑިލިއޮން ސެނަން ޑެ ސިލްވާ ފޮނުވާލި ބޯޅަ ހުރަސް ދަނޑި ކައިރިން ބޭރަށް.

    21:16

    '18:15 - ލަންކާއަށް ރަނގަޅު ފުރުސަތެއް. ލަންކާގެ ޑިލިއޮން ސެނަން ޑެ ސިލްވާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

    21:13

    '14:00 - ނޭޕާލް ޓީމުން ރަނގަޅު ހަމަލާއެއް އުފައްދައިފި. އެކަމަކު ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އެ ބޯޅަ ފަސޭހަކަމާ އެކު ދިފާއުކޮށްފި.

    21:13

    އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ 2016 ގައި. އެފަހަރު 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ނޭޕާލް.

    21:11

    ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް ދެ ޓީމު ފަސް ފަހަރު ބައްދަލުކޮށްފައިވެޭ ލަންކާ މޮޅުވީ ތިން ފަހަރު. އަދި ނޭޕާލް މޮޅުވީ އެއް ފަހަރު. ދެން ކުޅުނު މެޗު ނިމުނީ އެއްވަރުވެގެން.

    21:10

    '10:00 - ނޭޕާލް ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީއަށް ރީންދޫ ކާޑެއް ދައްކައިފި.

    21:09

    '8:43 - ސްރީލަންކާއަށް ރަނގަޅު ހިސާބަކުން ހިލޭ ޖެހުމެއް.

    21:08

    މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފިޒިކަލް މެޗެއް ކުޅެމުން އަންނަ އިރު، ދެ ޓީމު ވެސް ޓީމު ކުރިއަށް ޖައްސައިގެން ހަމަލާއެެއް އުފައްދަން މަސައްކަތް ކުރޭ.

    21:04

    ސްރީލަންކާގެ ފުރަތަމަ އެގާރަ:

    1. ސުޖަން ޕެރޭރާ (ކީޕަރު) - 1

    2. ނިކޮލަސް ހާޝާ ފެނާންޑޯ - 3

    3. މުހައްމަދު ޝިފާން - 9

    4. ޗަމޯދް ދިލްޝަން - 5

    5. ޗަރިތާ ބަންދަރާ - 6

    6. ކަވިންދު އިޝާން - 7

    7. މުހައްމަދު އާކިބް މުހައްމަދު ފައިސަލް

    8. ޗަލަނާ ޗަމީރާ - 12

    9. އަހުމަދު ވަސީމް ރަޒީކް - 13

    10. މާވިން ހަމިލްޓަން - 15

    17. ޑިލިއޮން ސެނަން ޑެ ސިލްވާ - 10

    21:01

    ނޭޕާލްގެ ފުރަތަމަ އެގާރަ:

    1. ކިރަން ލިމްބޫ (ކެޕްޓަން)

    2. ގައުތަމް ސްރެޝްތާ
    3. އަނަންތާ ތަމަންގް
    4. ޕޫޖަން އުޕަރްކޮޓީ
    5. ސުމަން އަރްޔަލް
    6. ބިޝަލް ރާއި
    7. ތެޖް ތަމަންގް
    8. ސުމަން ލާމާ
    9. އަންޖަން ބިސްޓާ
    10. ނަވަޔޫގް ސްރެޝްތާ
    11. ރޯހިތް ޗަންޑް
    20:57

    މެޗުގެ ކުޅުން ފެށިއްޖެ. ކޮށްޓުން ލިބުނީ ސްރީލަންކާއަށް.

    20:57

    ސްރީލަންކާއާއި ނޭޕާލް މެޗަށް ނޭޕާލް ޓީމް ވާމްއަޕް ކުރަނީ ----

    20:56

    ލަންކާ އާއި ނޭޕާލް މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވުމުގެ ސިލްސިލާ އިން ކުރީގައި އުޅެނީ ސްރީލަންކާ. ލަންކާ ވަނީ މިހާތަނަށް ހަ ފަހަރު މޮޅުވެފައި. ނޭޕާލް މޮޅުވީ ތިން ފަހަރު. ބާކީ ދެން ކުޅުނު 8 ފަހަރު މެޗު ނިމުނީ އެއްވަރުވެގެން.

    20:55

    ދެ ޓީމުގެ ކުޅުންތެރިންވެސް ދަނޑަށް ނުކުމެއްޖެ. ސްރީލަންކާ ޓީމުން މެޗުގައި ބޭނުން ކުރާނީ ނޫ ކުލައިގެ ޖާޒީ. ނޭޕާލް ކުޅުންތެރިން ބޭނުން ކުރަނީ ރަތް ކުލައިގެ ޖާޒީ.

    20:54

    ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް އަދި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ލައިވްބްލޮގަށް މަރުހަބާ!