ސުވިޗެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑީއޯ އާއްމުކޮށްފިއެވެ.

އެ މީހާއަކީ ޖޫން 20 ވަނަ ދުވަހު މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ބޭރުގައި ހުރި ބެންޗެއްގައި ބާއްވައިފައި އޮތް ނިންޓޭންޑޯ ސްވިޗެއް ވަގަށް ނަގައިފައިވާކަމަށް ތުހުމަތު ކުރެވޭތީ ހޯދާ މީހެއްކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މައްސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ، އެމީހާ ހޯދިފައި ނުވާ ކަމަށް ބުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 490048 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާއްމުންނަށް ޝުކުރު އަދާކޮށްފައެވެ.