28 Feb 2012, 15:16
މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ދައްކައި ދެމުން އަންނަ ކުޅުން ނުދެއްކޭ ކަމަށާއި އެކުޅުން ދެއްކުމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އެޓީމުގެ ޕޯޗުގަލް ފޯވާޑް ނާނި ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ނާނި އަށް ލިބުނު އަނިޔާ އަކާއި ގުޅިގެން މިދިޔަ މަހެއްހާ ދުވަހު އަނިޔާގައި ހުންނަން ޖެހުނެވެ. ފަހަކަށް އައިސް ނާނިގެ ފަރާތުން ގިނަ ގޯލުތަކެއް ފެނުނު ނަމަވެސް އަނިޔާ އަށް ފަހު އޭނާގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިފަ އެއް ނުވެއެވެ.
"ޓީމަށް އަހަރެން ކުރިން ދައްކައިދޭ ކުޅުމެއް ނެދެއްކޭ. އެކުޅުން ދެއްކޭތޯ އަހަރެން ބުރަ މަސައްކަތެއް ކުރާނަން. ނަމަވެސް އެކަން ކުރެވޭނީ ގިނަ މެޗުތަކެއް ކުޅުމަށް ފުރުސަތު ލިބިގެން. އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ޓީމަށް ކޮށްދޭނަން." ނާނި ބުންޏެވެ.
ނާނި އަކީ ޕޯޗުގަލް ގައުމީ ޓީމުގެ އިތުރުން މެންޔުނައިޓެޑް ގައި ވެސް އިސް ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.