ނެޓްފްލިކްސްގެ މަގްބޫލު ސީރީޒް "ލޮކް އެންޑް ކީ" ގެ ދެ ވަނަ ބައި ސްޓްރީމް ކުރާނެ ތާރީޚު އިއުލާންކޮށްފިއެވެ.

މީގެ ހަތަރު މަހެއްހާ ދުވަސްކުރިން ނެޓްފްލިކްސްއިން ވަނީ މި ސިރީޒްގެ ދެވަނަ ބައި މި މަހު ދައްކާނެކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް އޭރު މި ސީރީޒް ދައްކާ ތާރީޚެއް އިއުލާނެއް ނުކުރެއެވެ. މިހާރު އޮތް ގޮތުންނަމަ މި ސީރީޒްގެ ދެވަނަ ސީޒަން މި މަހު 22 ވަނަ ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރާނެއެވެ.

ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ލޮކް އެންޑް ކީ"ގެ ދެ ވަނަ ބައިގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު މި ސީރީޒްގެ ބައެއް މަންޒަރުތައް ވެސް މިހާރު ވަނީ އާންމުންނަށް ދައްކާލާފައެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވާއިރު އެ ސީރީޒް ވެގެން ގޮސްފައިވަނީ ދިވެހިން ވެސް އެންމެ ގިނައިން ބެލި އެ ސީރީޒަށެވެ. ނެޓްފްލިކްސްގެ ލިސްޓުގައި "ލޮކް އެންޑް ކީ" އަށް ދެވަނަ ވެސް ވަނީ ލިބިފަ އެވެ. މީގެ ދެވަނަ ބައި ކުރިއަށް ގެންދާނީ ފުރަތަމަ ބައި ނިމުނު ހިސާބުންނެވެ.

އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ.