03 Oct 2021, 21:03
ހިޔާ ފްލެޓްތަލުން އުކާލާ ކުނިވާ ޒާތުގެ ކުންޏަށް ހާއްސަކޮށްގެން އެޗްޑީސީން ހަ ސަރަހައްދެއްގައި 30 ޑަސްބިން ބަހައްޓައިފިއެވެ.
އެޗްޑީސީއިން ބުނީ އެ ޑަސްބިންތަކަކީ ވެމްކޯއިން ހިޔާ ފްލެޓު ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށަންދެން، އެކަން ކުރުމަށްޓަކައި ބެހެއްޓި ޑަސްބިންތަކެއް ކަމަށެވެ.
ވެމްކޯއާ ގުޅިގެން އެޗްޑީސީން މިއަދު ޑަސްބިންތައް ބަހައްޓާފައިވަނީ އޯގަސްޓް 17 ވަނަ ދުވަހުން ފެށިގެން ޓަވަރު ތަކުގައި ދިރިއުޅެން ފެށި ފަރާތްތަކަށެވެ.
އެ ހަ ސަރަަހައްދުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.
އެހެންކަމުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އެ ގަޑީގެ ކުރިން ޑަސްބިނަށް ކުނި އެޅުމަށް އެޗްޑީސީން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ހިޔާ ފްލެޓްގެ އެތެރޭގެ އެއްވެސް ތަނެއްގައި ނުވަތަ ފުލެޓް ހިމެނޭ ސަރަހައްދެއްގައިވެސް ކުނި ނުބެހެއްޓުމަށް އެޗްޑީސީން ވަނީ އެދިފައެވެ.