28 Feb 2012, 15:14
ބެޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓެއިގާ އަކީ ދުނިޔޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އެކުލަބުގެ ކޯޗް ޖޫޕް ހޭންކެސް ބުނެފި އެވެ.
"ޝުވެންސްޓެއިގާ އަކީ ދުނިޔޭގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނާ ކުޅެމުން އެދަނީ ބާސެލޯނާގެ އަންދުރޭސް އިނިއެސްޓާ، ޒަވީ އަދި ސާޖިއޯ ބުސްކެޓް އާ އެއް ފެންވަރެއްގެ ކުޅުމެއް. އޭނާ އަކީ ނުރައްކާތެރި މިޑްފީލަޑަރެއް ކަމަށް ގިނަ ކޯޗުންވެސް ދަންނާނެ." ހޭންކެސް ބުންޏެވެ.
ފަހަކަށް އައިސް މީޑިޔާގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ޝުވެންސްޓެއިގާ އަށް ކުރީގެ ކުޅުން ނުދެއްކޭ ކަމަށެވެ. މިދިޔަ ސީޒަނުގައި ދެއްކި ކުޅުން މިސީޒަނުގައި އޭނާ އަށް ނުދެއްކޭ ކަމަށް ބުނެ ގިނަ ރިޕޯޓްތަކެއް އާންމު ވެފައި ވެއެވެ.