28 Feb 2012, 15:12
ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ނޮވިޗް ސިޓީ ކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ދުވަސްވީ ދެކުޅުންތެރިން ކަމަށްވާ ރަޔަން ގިގްސް އާއި ޕޯލް ސްކޯލްސް ކަމިޔާބު ކޮށްދިން ލަނޑުގެ ސަބަބުން އެދެކުޅުންތަރިންނަށް އެކުލަބުގެ ކޯޗް ސާ އެލެކްސް ފާގަސަން ތައުރީފް ކޮށްފިއެވެ.
ނޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗުގައި މެންޔުނައިޓެޑް އަށް ފުރަތަމަ ލީޑު ނަގައިދިނީ ސްކޯލްސް އެވެ. ސްކޯލްސް ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް ނޮވިޗް އިން ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް މެންޔުނައިޓެޑް އަށް އަލުން ލީޑު ހޯދައިދިނީ ގިގްސް އެވެ.
"ސްކޯލްސް އާއި ގިގްސް އަކީ ކުލަބުގެ ތާރީހުގައި ދުށް އެންމެ މޮޅު ދެކުޅުންތެރިން. ނޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗުގައި އެކުޅުންތެރިން އެކަން ސާބިތު ކޮށްދީފި. ސްކޯލްސް އާއި ގިގްސްގެ ތަޖުރިބާ އަކީ ޓީމަށް ވަރަށް ބޭނުންތެރި އެއްޗެއް." ފާގަސަން ބުންޏެވެ.
މިދިޔަ ސީޒަނަށް ފަހު، ރިޓަޔާ ކުރުމަށް ފަހު އަލުން ކުޅުމަށް އެނބުރި އައި އުމުރުން 37 އަހަރުގެ ސްކޯލްސް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.