28 Feb 2012, 15:11
ކުރީގެ ރެއާލް މެޑްރިޑް މިޑްފީލްޑަރު މަހަމަދޫ ޑިއަރާ ފުލަމް އާއި ގުޅިއްޖެ އެވެ.
ރެއާލް މެޑްރިޑަށް ކުރިން 22 މިލިޔަން ޕައުންޑަށް ގުޅުނު ޑިއަރާ ފުލަމް އާއި ގުޅުނީ ހިލޭ ޓްރާންސްފާ އެއްގެ ދަށުންނެވެ. ފުލަމް އާއި އެކު މިސީޒަން ނިމެންދެން ކުޅުމަށް އެއްބަސްވި އިރު، ޑިއަރާ ބޭނުންނަމަ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮވެއެވެ.
މިދިޔަ ސީޒަންގައި ފްރާންސްގެ މޮނާކޯ އަށް ކުޅުމަށް ފަހު، ޑިއަރާ ހުރީ އެއްވެސް ކުލަބަކާއި ނުގުޅި އެވެ. މޮނާކޯ އިން ޑިއަރާ ވަކިވީ، އެކުލަބު ރެލިގޭޝަނަށް ވެއްޓުމުންނެވެ. މެޑްރިޑަށް ކުޅުނު ދުވަސްވަރު ޑިއަރާ ވަނީ އެކުލަބާއި އެކު ދެ ސްޕެއިން ލީގު ކާމިޔާބު ކޮށް، އެއް ސްޕެނިޝް ތައްޓާއި އެއް ސްޕެނިޝް ސުޕަކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.