ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާނެ ސެންޓަރުތަކާއި ވަގުތުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިދޭނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.

އެގޮތުން އޭޑީކޭގައި ބޫސްޓާ ޑޯޒް ޖަހައިދޭނީ ހެނދުނު 9:00 އަކުން މެންދުރު 2:00 އަކަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ބޫސްޓާ ޑޯޒް ޖަހައިދޭނީ މެންދުރު 1:00 ކުން ހަވީރު 3:00 ކަށެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަންޖެހެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި މި ވަގުތަށް ޖަހާނީ ފައިޒާ ވެކްސިން އެކަންޏެވެ. ބޫސްޓާ ޑޯޒް ޖަހައިދޭނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވުމުންނެވެ.

އެގޮތުން، ބޫސްޓާ ޑޯޒް ޖެހުމަށްއެޗްޕީއޭގެ ޕޯޓަލްމެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެކަމަށް އެ އެޖެންސީން ބުންޏެވެ.

ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒެއް ޖަހަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ފަހަރު މިނިސްޓަރު ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހާނީ ސިނޮފާމް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށެވެ.