28 Feb 2012, 15:01
ސިފައިން އައްޑު އަތޮޅުގައި ބޭނުން ކުރާ ގިނަ ވެހިކަލްތަކަކަށް ބަޔަކު ގެއްލުންދީފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގައި ސިފައިން ބޭނުން ކުރާ ގިނަ ވެހިކަލްތަކަކަށް މިދިއަ އާދީއަތަ ދުވަހާއި ހޯމަ ދުވަހު ގެއްލުންދީ ހަލާކުކޮށްފައިވާ ކަމަށެވެ. އެގޮތުން ފޭދޫގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުން ވެހިކަލެއްގެ ބިއްލޫރިގަނޑު ތަޅާލައި، ހަމަ އެސަރަހައްދުން ވަނީ އިތުރު ވެހިކަލަކަށް ގާއުކާ ތަފާތު ގެއްލުންތައް ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ މަރަދޫފޭދޫ ސިޓީ ބެންޑްކައިރިން ވެހިކަލަކަށް ގާއުކާ ގެއްލުންތަކެއް ދީފައިވާއިރު މަރަދޫ ޕާކް ކައިރިން ވެސް ވެހިކަލަކަށް ގާ އުކާ އެ ވެހިކަލްއެއްގެ ހެޑް ލައިޓްތަޅާލައި އިތުރު ވެހިކަލެއްގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ.
ފެބުރުއަރީ އަށް ވަނަ ދުވަހު އައްޑޫގައި ހިންގި ހަމަނުޖެހުންތަކުގައި އެމްއެންޑީއެފްގެ ވެހިކަލަކަށް ގެއްލުންދީފައެއް ނުވެއެވެ.