Last Updated:
4 year 2 month ago

އުރީދޫ ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް 1 - 0 ސްރީލަންކާ

    ބުލޮގު ޚުލާސާ

    ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް "އުރީދޫ ސާފް ޗެމްޕިއަންޝިޕް" މިއަދު މާލޭގައި ފެށުމަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާ ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ޓީމުވެސް އޮތީ ހަމަ އެ ފޯރީގައެވެ.

    ފުރަތަމަ މެޗުން މޮޅުވެ، ރަނގަޅު ޖޯޝެއްގައި މުބާރާތަށް އަތް ގަދަކޮށްލަން ލިބޭ މި ފުރުސަތަށް ދެ ޓީމުން ވެސް އަތްއޮޅާލައިގެން ތިބި އިރު، ހަގީގަތުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހިފައި އޮތީ ބަންގްލަދޭޝްގަ އެވެ. ނަމަވެސް މިދިޔަ އަހަރު މުޅި ދުނިޔެ ބައްދާލި ކޮވިޑް-19 ގެ ބަލިމަޑު ކަމުގައި މުބާރާތް މި އަހަރަށް ފަސް ކުރީ އެވެ. އެކަމަކު ބަންގްލަދޭޝްގެ ކޮވިޑުގެ ހާލަތު ރަނގަޅެއް ނުވި އެވެ. އެ ގައުމުގައި މުބާރާތް ބޭއްވޭނެ ހާލަތެއް ނުހޯދުނެވެ. އެންމެ ފަހުން ޖެހުނީ މުބާރާތް ބާއްވާނެ އެހެން ގައުމެއް ހޯދުމަށް ބިޑަށް ހުޅުވާލާށެވެ.

    އެ ބިޑް ކާމިޔާބުކޮށް ރާއްޖެއިން ދެވަނަ ފަހަރަށް މުބާރާތް ހޯސްޓް ކުރާއިރު، ބަންގްލަދޭޝްގެ ކޯޗަކަށް ހުރީ ގަލޮޅު ދަނޑަށް ފަރިތަ އޮސްކާ ބުރުޒޯން ބަރޭރަސްއެވެ. ކުރިން ރާއްޖޭގެ އެއް ނަންބަރު ޓީމު ނިއުރޭޑިއަންޓަށް ކޯޗުކަން ކޮށްދިން އޮސްކާ އަކީ ސަރަހައްދުގެ ދެ ގައުމުގެ ޑޮމެސްޓިކް ލީގު ޗެމްޕިއަނެވެ. ވަގުތީ ކޯޗެއްގެ ގޮތުގައި ކުރިއަށް އޮތް ދެ މަހު އޮސްކާ ކުރިމަތިލާނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ނޮވެމްބަރު މަހު ލަންކާގައި ބާއްވާ އިންޓަނޭޝަނަލް މުބާރަތަށެވެ.

    އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅޭ މެޗުތައް

    - އޮކްޓޯބަރު 1 (ހަވީރު): ސްރީ ލަންކާ - ބަންގަލަދޭޝް

    - އޮކްޓޯބަރު 4 (ހަވީރު): ބަންގަލަދޭޝް - އިންޑިއާ

    - އޮކްޓޯބަރު 7 (ރޭގަނޑު): ދިވެހިރާއްޖެ - ބަންގަލަދޭޝް

    - އޮކްޓޯބަރު 13 (ހަވީރު): ބަންގްލަދޭޝް - ނޭޕާލް

    ސީދާ ތަށްޓަށް އަމާޒު ހިފައިގެން ބަންގްލަދޭޝް މުބާރާތަށް ނުކުންނަ އިރު ލަންކާ ވެސް އޮތީ ވަރުގަދަ ސްކޮޑެކެވެ. ލަންކާ އަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 1995 ވަނަ އަހަރު ލަންކާގައި ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ.

    އެ ޓީމު އެންމެފަހުން ބައިނަލްއަޤްވާމީ މެޗެއް ކުޅެފައިވަނީ މިއަހަރުގެ ޖޫންމަހުގައެވެ. ވޯލްޑްކަޕް ކޮލިފައިންގައި ސައުތު ކޮރެއާ އަތުން 5-0 އިން ބަލިވި މެޗަށްފަހު އަދި މިހާތަނަށް އެ ގައުމުން މެޗެއް ނުކުޅެއެވެ.

    ލަންކާގެ ކޯޗަކީ ބޮސްނިއާ އަށް ނިސްބަތްވާ އޮސްޓްރޭލިއާ ދަރިކޮޅުގެ އާމިރު އަލަގިޗެވެ. އޭނާއަކީ ދިވެހިންނަށް ވެސް އާ މޫނެއް ނޫނެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ސީޒަންގެ ކުރީކޮޅު ނިއު ރޭޑިއަންޓްގެ ކޯޗުކަމުގައި އެއް މަސްދުވަސް ހޭދަކޮށްފަ އެވެ. ލަންކާ ގައުމީ ޓީމާ އަލަގިޗް ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

    ސާފް ޗެމްޕިއަންޝިޕް 2021 ގައި ސްރީ ލަންކާގެ މެޗުތަކުގެ ޝެޑިއުލް


    - އޮކްޓޯބަރު 1 (16:00): ސްރީ ލަންކާ - ބަންގަލަދޭޝް

    - އޮކްޓޯބަރު 4 (21:00): ސްރީ ލަންކާ - ނޭޕާލް

    - އޮކްޓޯބަރު 7 (16:00): އިންޑިއާ - ސްރީ ލަންކާ

    - އޮކްޓޯބަރު 10 (21:00): ދިވެހިރާއްޖެ - ސްރީ ލަންކާ

    17:59

    މެޗު ނިމުނީ. ސްރީ ލަންކާ 0 - 1 ބަންގްލަދޭޝް

    17:54

    '90:00 + 2 - ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އޭރިއާ ބޭރުން ބޯޅައިގައި އަތްލީ ކަމަށް ބުނެ އޭނާއަށް ރީންދޫ ކާޑު.

    17:46

    '86:00 - ބަންގްލަދޭޝްއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފި.

    17:43

    '80:00 - ސްރީ ލަންކާ 0 - 1 ބަންގްލަދޭޝް

    17:41

    ބަންގްލަދޭޝްއިން ބަދަލެއް. އެމްޑީ ސުމަން ރިޒާގެ ބަދަލުގައި ކުޅެން ނުކުތީ އެމްޑީ މަޓިން މިއާ

    17:38

    '73:00 - ސްރީ ލަންކާއަށް ހިލޭ ޖެހުމަށް. ބަންގްލަދޭޝްގެ ޑިފެންޑަރަކު އަތުން ޖެއްސުމުން ރެފްރީ ދިން ހިލޭ ޖެހުން ލިބިފައިވަނީ ބަންގްލަދޭޝްގެ އޭރިއާ ބޭރުން.

    17:35

    '70:00 - ބަންގްލަދޭޝްއަށް ކޯނަރެއް. ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އަޑު ވަރަށް ގަދަ.

    17:34

    '67:00 - ސްރީ ލަންކާގެ ޑިފެންޑަރު ޗަމޯދް ދިލްޝަންއަށް ރީންދޫ ކާޑު. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ދަނީ ފެންނަމުން.

    17:29

    '62 :00 - މެޗު ކުޅެމުން ދަނީ ބޯ ވިއްސާރައިގައި. ލަންކާ ޓީމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އަންނަ އިރު ބަންގްލަދޭޝް ޓީމުން ހަމަލާތައް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން.

    17:24

    '59:00 - ލަންކާގެ ޑިފެންޑަރު ޑަކްސަން ރެފްރީ ގާތު މާބޮޑަށް ޝަކުވާ ކުރުމުން ދެވަނަ ރީންދޫ ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފި.

    17:21

    '55:12 - ބަންގްލަދޭޝް ގޯލު. ޓޮޕޫ ބާރު ސްޕީޑުގައި ފޮނުވާލި ޕެނަލްޓީ އަމާޒުކޮށްލައިގެން ބަންގްލަދޭޝް މި ލީޑު ނެގީ. މިހާރުގެ ސްކޯ އަކީ ސްރީ ލަންކާ 0-1 ބަންގްލަދޭޝް.

    17:20

    '54:00 ބަންގްލަދޭޝްއަށް ޕެނަލްޓީ. މިއީ ސްރީ ލަންކާގެ ޑިފެންޑަރުގެ އަތުގައި ޖެހުން ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީއެއް.

    17:18

    ދެ ޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ވަރަށް ބޮޑަށް ފެނިގެން އެބަދޭ.

    17:13

    '49:00 - ލަންކާގެ ފޯވާޑް އިޝާން ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށް

    17:12

    '45:00 - ދެވަނަ ހާފުގެ ކުޅުން ފަށައިފި. ބަންގްލަދޭޝްއަށް ލިބުނު ކޯނަރު ދިޔައީ ބޭނުން ނުކުރެވި.

    17:11

    ދެވަނަ ހާފު ފެށުމުގެ ކުރިން ބަދަލެއް. ބަންގްލަދޭޝްގެ ފޯވާޑް ޖުވެލް ރަނާގެ ބަދަލުގައި ކުޅެން ނުކުތީ އެމްޑީ ސާދު ދީން.

    ސްރީލަންކާ ކްރިކެޓް ޓީމްގެ ކުރީގެ ކެޕްޓަން ސަނަތް ޖަޔާސޫރިޔާ(ވ) އެ ގައުމު ކުޅޭ މެޗު ބަލާލުމަށް ގަލޮޅު ދަނޑުގައި

    16:51

    ދެވަނަ ހާފުގެ ކުޅުން ފަށަން ތައްޔާރުވަނީ

    16:48

    '45:00 + 3 - ފުރަތަމަ ހާފުގެ ކުޅުން ނިމުނީ. ސްރީ ލަންކާ - 0 0 ބަންގްލަދޭޝް

    ބަންގަލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ނަޒްމުލް ހުސައިން ގަލޮޅު ދަނޑުގައި އެ ގައުމު ކުޅޭ މެޗު ބައްލަވާލެއްވުމަށް ވަޑައިގެން
    16:42

    '45:00 - ބަންގްލަދޭޝްގެ ޓޮޕޫ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއުކޮށްފި. މިއީ މުޅި މެޗުގައި މިހާތަނަށް އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ.

    16:41

    '40:00 - ބަންގްލަދޭޝްގެ ފޯވާޑް ޖެވެލް ރަނާއަށް އަނިޔާ ވެގެން ފަރުވާ ދެނީ

    16:37

    '38:00 - ބަންގްލަދޭޝްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް. އެހެން ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވި.

    16:32

    '32:00 - ލަންކާގެ ފޯވާޑް ވަސީމް ދެކުޅުންތެރިއެއް ކައިރިން ނައްޓާލާފައި ނަގައިދެން މަސައްކަތް ކުރި ނަމަވެސް ބަންގްލަދޭޝް ކުޅުންތެރިއެއްގެ ގައިގައި ޖެހި ބްލޮކް ވެއްޖެ.

    16:29

    މިއަދުގެ މެޗު ބަލަން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑަށް ވަދެ އެބަތިބި.

    މި މިބާރާތުގެ ފުރަތަމަ ގޯލް
    16:26

    '27:00 - ސްރީ ލަންކާ 0 - 0 ބަންގްލަދޭޝް

    16:22

    ބަންގްލަދޭޝް އަކީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފޯމުގައި އޮތް އެއް ޓީމް. އެ ގައުމުގެ ލީގު ޗެމްޕިއަން ބަޝުންދުރަ ކިންގްސްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ސްކޮޑު ވަނީ ލީގު ޗެމްޕިއަންކަން ހޯދާ ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައި.

    16:21

    '19:45 - ވަސީމް ނަގައިދިން ހުރަހުގެ ބޭނުން ހިފައި، ފެނާންޑޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް

    16:19

    '18:30 - ލަންކާއަށް ޖެހުމެއް. ބަންގްލަދޭޝްގެ ހާފު މެދަކާ ހަމައިން ލިބުނު ޖެހުން ފޮނުވާލަން ގޮސް ހުރީ ވަސީމް.

    16:18

    މެޗުގެ ފުރަތަމަ 15 މިނަޓު ކުޅެވުނު އިރު، ބަންގްލަދޭޝްގެ ޓީމުން ވަނީ މެޗު ޑޮމިނޭޓްކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި.

    16:17

    '15:00 - ބަންގްލަދޭޝްގެ ޑިފެންޑަރު ޔަސީން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީންދޫ ކާޑު.

    16:14

    ލަންކާ ޓީމުން އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކީ ކުރިން ރާއްޖޭގެ ކްލަބު އީގަލްސް އަށް ކުޅުނު ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރޭރާ

    16:13

    މި ދެ ޓީމު ވަނީ މިހާތަނަށް 16 ފަހަރެއްގެ މަތިން ބައްދަލުކޮށްފައި. މީގެތެރެއިން ބަންގްލަދޭޝް ވަނީ 10 ފަހަރެއްގެ މަތިން މޮޅުވެފައި. އަދި ސްރީލަންކާ ވަނީ 4 ފަހަރެއްގެ މަތިން މޮޅުވެފައި. މި ދެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެއްވަރުވެފައިވަނީ 2 މެޗުން.

    16:11

    މެޗުގެ 10 ވަނަ މިނަޓު ކުޅެވިގެން ދިޔައިރު، މިހާތަނަށް ހަމަލާއެއް އުފައްދަން މަސައްކަތް ކޮށްފައިވަނީ ބަންގްލަދޭޝްއިން.

    16:09

    '7:50 - ބަންގްލަދޭޝްއަށް ނުރައްކާތެރި ހިސާބުން އެއްލުމަށް. އެހެން ނަމަވެސް ލަންކާގެ ސުޖާން ޕެރޭރާ ދިފާއުކޮށްފި.

    16:08

    6: 00' ލަންކާގެ ޑިފެންޑަރު، ޑަކްސަން ކުރި ފައުލަކާ ގުޅިގެން ބަންގްލަދޭޝްއަށް ޖެހުމަށް. ފައުލާ ގުޅިގެން ޑަކްސަންއަށް ވަނީ ރީންދޫ ކާޑެއް ދައްކައިފަ.

    16:07

    މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގަައެވެ. މި މެޗު ސްރީލަންކާ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުން.

    16:05

    ބަންގްލަދޭޝް އާއި ސްރީލަންކާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މެޗެއް ކުޅެފައިވަނީ 1979 ގެ ޕްރެޒިޑެންޓްސް ކަޕުގައެވެ. މި މެޗު ބަންގްލަދޭޝް ކާމިިޔާބުކުރީ 3-1 އިން.

    16:03

    ސްރީލަންކާއިން މެޗުގައި ބޭނުން ކުރަނީ އެމީހުންގެ ނޫ ކުލައިގެ ޖާޒީ. ބަންގްލަދޭޝް ލައިފައި ވަނީ ރަތް ކުލައިގެ ޖާޒީ.

    16:01

    4 : 00' - މެޗުގެ ކުޅުން ފެށިއްޖެ.

    15:51

    ބަންގްލަދޭޝްގެ ފުރަތަމަ އެގާރަ:

    1. އަނިސުރް ރަހްމާން - 13

    2. ޖަމާލް ބުޔާން - 6

    3. ޔާސިން އަރަފާތު - 2

    4. ޓޮޕޫ ބަރްމާން - 4

    5. އެމްޑީ ސުމާން ރިޒާން - 7

    6. ބިޕްލޯ އަހަމެދް - 8

    7. ބިޝްވަނަތު ގޯޝް -12

    8. ތާރިގް ރައިހާން - 14

    9. އެމްޑީ ޖެވެލް ރަނާ - 15

    10. މުހައްމަދު އިބްރާޙިމް - 16

    11. ރަކީބް ހޮސެން - 21

    15:49

    މެޗުގެ ކުރިން ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ސްރީ ލަންކާގެ ގައުމީ ޓީމުގެ ކޯޗު އާމިރް އަލަގިޗް ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ފުޓްބޯޅައިގެ ތަރުތީބެއް ނެތް ކަމަށާއި ނިއު ރޭޑިއަންޓްގައި ކުރު މުއްދަތެއްގައި މަސައްކަތް ކުރުމަށް ފަހު ރާއްޖެ ދޫކޮށްލީ ވެސް އެހެންވެ ކަމަށް.

    15:43

    ސްރީލަންކާގެ ފުރަތަމަ އެގާރަ

    1. ސުޖަން ޕެރޭރާ (ކީޕަރު) - 1

    2. ނިކޮލަސް ހާޝާ ފެނާންޑޯ - 3

    3. ޑަކްސަން ޕުސްލަސް ޔޮގެންދުރަން - 4

    4. ޗަމޯދް ދިލްޝަން - 5

    5. ޗަރިތާ ބަންދަރާ - 6

    6. ކަވިންދު އިޝާން - 7

    7. އަސިކުރް ރަހްމާން - 8

    8. ޗަލަނާ ޗަމީރާ - 12

    9. އަހުމަދު ވަސީމް ރަޒީކް - 13

    10. މާވިން ހަމިލްޓޮން - 15

    17. ޖޫޑް ސުޕަން - 17

    15:36
    މެޗު ބެލުމަށް ބަންގްލަދޭޝްގެ ސަޕޯޓަރުން ދިގު ކިއޫއެއްގައި -
    15:30

    ލަންކާ - ބަންގްލަދޭޝް ބައްދަލު ކުރާ މެޗަށް ޓީމުތައް ތައްޔާރު

    15:28

    އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް މަރުހަބާ.