ސަރުކާރުގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ދަށުން އުރީދޫއިން ޕްރީޕެއިޑާއި، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކަކާއެކު 60 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އާއިއެކު މުޅިން އާ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ ނެޓު ހެޔޮ މަޝްރޫގެ ދަށުން އުރީދޫ ޑޭޓާގެ އަގަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖްތަކެއް ތައާރަފްކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކަށް 25 ޕަސެންޓް އިތުރު ޑޭޓާ ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުން 80 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބިގެންދާނެކަމަށް ވެސް ބުންޏެވެ.

ނެޓު ހެޔޮ މަޝްރޫގެ ދަށުން އުރީދޫ ޕްރީޕެއިޑް ޕްލޭންތަކަށް އައި ބަދަލާއެކު 38 ޕަސެންޓާ ހަަމައަށް ޑޭޓާގެ އަގުވަނީ ހެޔޮކޮށްފައެވެ.

ޕޯސްޓްޕެއިޑް ޕްލޭންތަކަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސްއާއިއެކު އައު ޕްލޭންތަކެއް ތައާރަފްކޮށްފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް އާއި ހަމައަށް ޑޭޓާގެ އަގު ހެޔޮވާނެއެވެ.

އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތާއެކު، މަސް ނިމޭއިރު ބޭނުންނުކޮށް ހުންނަ ރެގިއުލާ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އިތުރުވާނެއެވެ.

ފަސޭހަ ހޯމް ބްރޯޑްބޭންޑުގެ ދަށުން 25 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސާއެކު އައު ޕްލޭންތަކެއް ތައާރަފްކޮށްފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގުވަނީ ހެޔޮކޮށްފައެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ފެންވަރު ރަނގަޅު ހިދުމަތެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްކަމަށެެވެ. އަދި މިއަދު ތާރަފްކުރި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އެފަދަ ފުރުސަތުތަކެއް ހޯދައިދިނުމަކީ އެންމެ މުހިންމު އަމާޒުކަމަށެވެ.