30 Sep 2021, 13:17
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އޭދަފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ކޮމްޕިއުޓާ ސިސްޓަމްތަކެއް ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ވަނީ ޑެލް ބްރޭންޑުގެ ދެ ސިސްޓަމް ހަދިޔާކޮށްފައެވެ.
ބީއެމްއެލުން ބުނީ މިއީ އެ ސެންޓަރުގައި ތިބޭ ކުދިންނަށް އުނގެނުމަށް އެހީވެދިނުމަށްޓަކައި ބީއެމްއެލްއިން ހަދިޔާކުރާ އެއްޗެއް ކަމަށެވެ.
މިއީ ވާޗުއަލްކޮށް ކުދިން އިލްމު އުނގެނެމުން އަންނަ ދުވަސްވަރެއް ކަން ފާހަގަކޮށް ބީއެމްއެލްއިން ވަނީ ބީއެމްއެލްގެ ހަދިޔާއާއެކު އިތުރު އޮންލައިން ވަސީލަތްތަކާއެކު ކުދިން މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފައެވެ.
ބީއެމްއެލްއަކީ އަބަދުވެސް މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.