ވަގުތީގޮތުން މަސައްކަތް ކުރަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން 22 ނަރުހުން ހޯދަންއިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން ނަރުހުން ހޯދުމަށް އިއުލާނު ކުރީ ކޮވިޑް-19 އަށް ފޮޒިޓިވްވާ މީހުންނަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އާއި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި އެއް އަހަރަށް މަސައްކަތް ކުރުމަށެވެ.

އެ ވަޒީފާއަށް ކުރިމަތިލާ މީހުންނަކީ ނާސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ފަހެއް ނުވަތަ ހަޔެއްގެ ސަނަދެއް ހާސިލްކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

އެ ވަޒީފާއަށް ޝައުގުވެރިވާ ރެޖިސްޓާޑް ނަރުހުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު އެކެއްގެ ނިޔަލަށް ލިބޭނެއެވެ.

އެ ފޯމު މެއިލް ކުރަން ޖެހޭނީ[email protected]އަށެވެ. އަދި މަގާމަށް ނަރުހުން ހޮވުމަށް އިންޓަވިއު ބާއްވާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 24ގެ ނިޔަލަށެވެ.

އައިޖީއެމްއެޗުގެ އިއުލާނުގައިވާ ގޮތުން ވަގުތީ ނަރުހުންގެ މުސާރައަކަށް ވާނީ މަހަކު 9،060 ރުފިޔާއެވެ. އަދި އެމީހުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 188 ރުފިޔާ ދޭނެއެވެ.