30 Sep 2021, 11:22
އިސް ރަށްވެހިންގެ ދުވަހުގެ ހަކަރާތްތަކުގައި ބައިވެރިވުމަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފިއެވެ.
މުޖުތަމައުގައި ހިންގާ ކަންކަމުގައި އިސް ރަށްވެހިންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޗްޑީސީ އާއި ދިރާގުގެ އިތުރުން ކޮމިއުނިޓީ ނާސް ވޮލެންޓިއާސް ބައިވެރިވެގެން އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ ހުޅުމާލޭގައެވެ.
އެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 06:30ން 08:30ށް ރުއްގަނޑު 1 ސަރަހައްދުގައެވެ.
އެ ދުވަހު ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންގެ ރައްޓެހިންގެ ގުރޫޕްތަކާއެކު ބޯޑް ގޭމް ފަދަ ކުޅިވަރުތައް ކުޅުން ހިމެނެއެވެ.

ހަމައެއާއެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި އެމީހުންގެ ލޭގެ ޕްރެޝަރާއި ހަކުރު ޓެސްޓު ކުރުމުގެ ހިދުމަތް ވެސް އެ ސަރަހައްދުން ލިބޭނެއެވެ.
މީގެ އިތުރުން އިސް ރަށްވެހިން ޑިޖިޓަލް އާލާތްތަކަށް އަހުލުވެރި ކުރުމަށްޓަކައި ދިރާގުން ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.
އެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީ މީހުންގެ ގްރޫޕްތަކުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައެވެ.
އެގޮތުން ރަޖިސްޓްރީވުމަށް ގުޅާނީ 7924392 ނަންބަރަށެވެ.