ވިހެެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަަށް މެޓާނިޓީ ލީވް ދިނުމަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން "ސަން"އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ލިސްޓަށް އެ އިސްލާހު ވެސް ހުށަހަޅާފައިވާކަމަަށެވެ.

"ފަނޑިޔާރުންގެ ގާނޫނަށް އެ އިސްލާހުތައް ގެންނައިރު އެ އިސްލާހު ވެސް ހިމަނާނަން،" ހުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލު ވެސް ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގުތަމަށްފަހު ސިވިލް ސާވިސްގެ މުވައްޒަފުންނަށް މެޓާނިޓީ ލީވާއި ޕެޓާނިޓީ ލީވް ދޭ މުއްދަތުވަނީ އިތުރުކޮށްފައެވެ.

އެގޮތުން މިހާރު އަންހެން މުވައްޒަފުންނަށް ހަ މަހުގެ ޗުއްޓީ ލިބޭއިރު ފިރިހެން މުވައްޒަފުންނަށް ޕެޓާނިޓީ ލީވްގެ ގޮތުގައި އެއް މަސް ދުވަހުގެ ޗުއްޓީ ލިބެއެވެ.