26 Sep 2021, 18:23
ހުވަދުއަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގއި އެރަށު ސްކޫލް ޓީޗަރަކު ސަސްޕެންޑުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ސަސްޕެންޑުކޮށްފައިވަނީ އެ ރަށު ސްކޫލްގައި ކިޔަވައިދޭ އިންޑިއާ ޓީޗަރެކެވެ.
އެ މައްސަލާގައި އަނިޔާ ލިބިފައިވާ ކަމަށް ބެލެވެނީ އެ ރަށު ސްކޫލުން ގްރޭޑް 10 ނިމިފައި ހުރި 17 އަހަރުގެ އަންހެން ކުއްޖަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ޓީޗަރު ހައްޔަރުކޮށްފައެއްނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މައްސަލާގެ އިދާރީ ތަހުގީގު ހިންގަމުން އަންނަ ކަމަށެވެ.