27 Feb 2012, 12:49
ފަސް އެވޯޑާއެކު އޮކްސާގެ އެންމެ މޮޅު ފިލްމުގެ އެވޯޑް " ދި އާޓިސްޓް" ހޯދައިފި އެވެ.
އޮސްކާގެ 84 ވަނަ އެވޯޑް ހަފްލާގައި އެންމެ މޮޅު ފިލްމްގެ މަގާމު "ދި އާޓިސްޓް" ހޯދާފައިވަނީ 11 ކެޓަގަރީއަކުން ހޮސްކާއަށް ދިޔަ ޑައިރެކްޓާ މާޓިން ސްކޯސޭޒީގެ ތްރީޑީ ފިލްމް " ހޫގޯ" އާ ވާދަކޮށެވެ. އާޓިސްޓް ނޮމިނޭޓްވެފައިވަނީ 10 ކެޓަގަރީއަކުންނެވެ.
ފްރެންޗް ފިލްމެއް ކަމުގައިވާ ދި އާޓިސްއަށް އެންމެ މޮޅު ފިލްމް އެވޯޑު އިތުރުން އެންމެ މޮޅު ޑައިރެކްޝަން އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ހޯދާފަ އެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް އެ ފިލްމުން ލިބިފައި ވަނީ ފްރެންޗްގެ އެކްޓަރު ޖީން ޑުޖާދިއަނަށެވެ. އަދި އެންމެ މޮޅު ޑައިރެކްޓާގެ އެވޯޑް ލިބުނީ މިސެލް އަޒަނަވީސިއަސް އަށެވެ.
އޮސްކާގެ ރަންވަނަތައް ދިއާޓިސް ގެންގޮސްފައިވާއިރު އެންމެ މޮޅު އެކްޓްރެސް އެވޯޑް ލިބިފައިވަނީ "ދި އަޔަން ލޭޑީ" އިން މެރީލް ސްރީޕްއަށެވެ. މިއީ އެންމެ މޮޅު އެކްޓްރެސްގެ މަގާމު އޭނާ ހޯދި ތިން ވަނަ ފަހަރެވެ.
އޮސްކާ އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދީ " ދިހެލްތް" އިން އޮކްޓެވިއާ ސްޕެންސާ އެވެ. އަދި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފައިވަނީ " ބިގިނާސް" އިން ކްރިސްޓަފާ ޕްލަމާ އެވެ.
މީގެއިތުރުން އެންމެ މޮޅު އެނިމޭޓެޑް ފިލްމްގެ އެވޯޑް ޖިނީޑެޕްޓްގެ " ރެންގޯ" އިން ގެންދިޔައިރު އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭ އެވޯޑް ލިބިފައިވަނީ " މިޑްނައިޓް އިން ޕެރިސް" އިން ވޫޑަން އެލަން އަށެވެ. އަދި އެންމެ މޮޅު ފޮރިން ފިލްމްގެ އެވޯޑް ލިބުނީ އިރާނުގެ ފިލްމް "އަޝެޕަރޭޝަން" އަށެވެ.
ފެރެންޗްގެ ފިލްމެއް ކަމުގައިވާ ދިއާޓިސްޓް ފަސް އެވޯޑާއެކު އެންމެ މޮޅު ފިލްމްގެ އެވޯޑް ހޯދިއިރު ދެވަނަ އަށް އެންމެ ގިނަ އެވޯޑް ލިބުނީ " ދަ އަޔަން ލޭޑީ" އަށެވެ. އެންމެ މޮޅު ފިލްމްގެ އެވޯޑަށް ވާދަކުރި ފިލްތަކުގެ ތެރޭގައި ދިއާޓިސްޓް ގެ އިތުރުން ހޫގޯ، މިޑްނައިޓް އިން ޕެރިސް، ދަ ހެލްޕް، ދަ ޓްރީ އޮފް ލައިފާއި އެކްސްޓްރީމްލީ ލައުޑް އެންޑް އިންކްރެޑިބްލީ ކުލޯޒާއި ޑީސެންޑެންޓްސް، ވާ ހޯސްގެ އިތުރުން މަނީބޯލް ހިމެނެ އެވެ.