ކޮވިޑް-19ގައި އަތޮޅުތަކުން 53 މީހުންނާއެކު މިއަދު 86 ކޭސް މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 4،172 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 29 މީހެއްގެ އިތުރުން، އަތޮޅުތަކުން 53 މީހަކާއި ރިޒޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،103 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,653 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 18 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 82،208 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 229 ގައެވެ.