21 Sep 2021, 22:17
ކޮވިޑް-19ގެ ހާލަތު ގޯސްވެ އަތޮޅުތަކުން 164 މީހުންނާއެކު މިއަދު 220 ކޭސް މިއަދު ޕޮޒިޓިވްވެއްޖެއެވެ.
މިއީ ފާއިތުވި އެއްމަސް ދުވަހުގެތެރޭ 24ގަޑިއިރުގެ ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ 200 އިން މަތިން ޕޮޒިޓިވް ކޭސް ރެކޯޑުކުރެވުނު ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 5،166 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.
އޭގެ ތެރެއިން މާލެ ސަރަހައްދުން 45 މީހެއްގެ އިތުރުން، އަތޮޅުތަކުން 164 މީހަކާއި ރިޒޯޓުތަކުން ފަސް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ސަފާރީތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 83,875 އަށް އަރާފައެވެ.
އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,694 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 20 މީހަކަށެވެ.
މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 81,934 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 229 ގައެވެ.