ނިދަން އޮންނައިރު ކޮޓަރީގައި ނިދަން އޮންނަ އެހެން މީހުން ގުގުރި ދަމާތީ ނިދަން އުނދަގޫވޭތަ؟ ނުވަތަ ތިމާ ނިދާފައި އޮންނައިރު ގުގުރި ދެމޭތަ؟

ސައިންޓިސްޓުންގެ ހޯދުންތަކުން ބުނާގޮތުން މިކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންތައްތަކެއްވެއެވެ. އެއީ:

  1. އުއްޑުން އޮވެ ނުނިދުން

އުއްޑުން އޮވެ ނިދާ ވަގުތު ތިމާގެ ކަރަށް އުފުލަން ޖެހޭ ބުރަބޮޑުވެއެވެ. އަދި ނޭވާ ހޮޅީގެ ބައިތަކަށް ދުލުގެ ސަބަބުން ގުގުރީގެ އަޑު އަނގައިން ލެއްވުމަށް މަގުފަހިކޮށްދޭނެއެވެ. އެހެންކަމުން އެއްފަރާތަކަށްއޮވެ ނިދުމުން ގުގުރި ދެމުން ހުއްޓޭނެެއެވެ.

2.ދުޅަހެޔޮ ސިއްހަތެއްގައި ހުރުން

އާއްމުގޮތެއްގައި ގުގުރި ދެމުމަށް މެދުވެރިވާ ސަބަަބަކީ ތިމާގެ ބަރުދަން ހުންނަންވާ މިންވަރަށްވުރެ އިތުރަށް ހުންނާތީއެވެ. އަދި ސިނގިރޭޓް ބުއިން ފަދަ ހަށިގަނޑަށް ގެއްލުން ހުރި ކަންކަން ހުއްޓުވުމަކީ ގުގުރި ދެމުން ހުއްޓުވުމަށް އެހީވެދޭ ކަންކަމެވެ.

3.ގިނަގިނައިން ފެން ބުއިން

އަނގަތެރެ ހިކުމަކީވެސް ގުގުރި ދެމުމަށް މަގުފަހިކޮށްދޭ ކަމަކަށް ވުމުން ގިނަގިނައިން ފެން ބުއިމަކީ ގުގުރި ދެމުން ހުއްޓުވުމަށް ކުރެވޭނެ ކަމެކެވެ. ޚާއްސަކޮށް ނިދުމުގެ ކުރިން ފެން ބުއިމަކީ މުހިއްމުކަމެކެވެ.

4.ހޫނު ފެނުގައި ފެންވެރުން

ފިނި ފެނުގައި ފެންވަރާނަމަ، ކަރަށް އުނދަގޫވެ ގުގުރި ދެމުމަށް މަގުފަހިވާނެއެވެ. އެހެންނަމަވެސް، ހޫނުފެނުގައި ފެެންވެރުމުން، ގުގުރި ދެމުން ހުއްޓުވުމަށް އެހީވެދޭނެއެވެ.