ޑެވޮންޑޭލް ކިރު ބޮއެގެން އިނާމު ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ޑެވޮންޑޭލް ކިރު ބުއިމަށްފަހު މަތިމަހުގައި ކިރު ހޭކިފައި ހުންނަތަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާއަށް އަޕްލޯޑު ކުރަން ޖެހޭނެއެވެ. އަދި އެސްޓީއޯ ސުޕާމާކެޓަށް ޓެގް ކުރުމަށްފަހު ހޭޝްޓެގް "ޑެވޮންޑޭލްމިލްކްމަސްޓޭޗް" ބޭނުން ކުރަން ޖެހޭނެއެވެ.

ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮތް މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އެެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ސުޕާމާކެޓުން އަގުހުރި ހަދިޔާތަކެއް ދޭން ވަނީ ނިންމާފައެވެ.