21 Sep 2021, 08:42
ފުރަމެއަކީ ބަރުދަން ލުއިކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ހަށިގަނޑުގެ އެއް ގުނަވަނެކެވެ.
ހަމައެހެންމެ، ފުއްޕާމޭގެ ދަށުގައި އިންނަ ފުރަމެއަކީ ލޭގައި ހުންނަ ހަށިގަނޑަށް ބޭނުންނުވާ މާއްދާތައް ބޭރުކުރުމަށް މަސައްކަތް ކޮށްދޭ ގުނަވަނެކެވެ. މީގެ އިތުރުން ވެސް ދުޅަހެޔޮ ހަށިގަނޑެއްގައި ހުރުމަށް އެހީވެދެއެވެ.
ފުރަމޭގައި އުފެދޭ ޓޮކްސިންގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ނޭދެވޭ އަސަރު ފޯރައެވެ. އެެހެންކަމުން ފުރަމޭ ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.
އެގޮތުން މި ބުއިމަކީ ފުރަމޭގެ ސިއްހަތު ރަނގަޅުކޮށް، ތިން ދުވަހުންހަތަރު ކިލޯ ބަރުދަން ލުއި ކޮށްދޭނެ ބުއިމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
މި ބުއިން ޖެހިޖެހިގެން ތިން ދުވަސް ވަންދެން ދުވާލަކު ތިން ފަހަރު ބޯންވާނެއެވެ. މިއީ ޑައިޓްގައި ހުންނަ އިރު ބޯން އެންމެ އެދެވިގެންވާ އަދި ފައިދާކުރަނިވި ބުއިމެކެވެ.
ބުއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
3 ލުނބޯގެ ހުތް
- ކުދީނާ ފަތް (މިންޓް ލީވްސް)
- 1 އާފަލު
- ސެލެރީގެ 5 އެތިކޮޅު
- 6 ތަށި ފެން
ތައްޔާރު ކުރާނެ ގޮތް: ލުނބޯ ހުތާއި، ކުދީނާ ފަތާއި، އާފަލާއި އަދި ސެލެރީ މިކްސްޗަރަށް ލުމަށްފަހު މުގުރާލާނީއެވެ. އެއައްފަހު، ފެން އެޅުމަށްފަހު އަނެއްކާވެސް މިކްސްޗަރުން މުގުރާނީއެވެ.
މި ބުއިން ހަތް ދުވަސް ނުވަތަ ދިހަ ދުވަސް ވަންދެން ބޮއެފިނަމަ އިތުރަށް ބަރުދަން ލުއި ކޮށްދޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.