ފުވައްމުލަކު ހޮސްޕިޓަލުގެ އާ މެނޭޖެރަކަށް އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު އައްޔަންކޮށްފިއެވެ.

ކުރިން މި މަގާމުގައި ހުންނެވީ ކ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު ސައީދެވެ.

އޭނާ އެ މަގާމަށް އައްޔަންކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ހޮސްޕިޓަލު މެނޭޖަރު ކަމާ ހަވާލުވުމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލިރާރު ވިދާޅުވީ ހޮސްޕިޓަލުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.