19 Sep 2021, 13:43
ޕާކު ކޮށްފައި އޮތް ވޭނެއްގެ ތެރޭގައި ހުރި ޕަވާބޭންކްތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް، ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ހަނާ މުހައްމަދު ވިދާޅުވީ އެ ހާދިސާގައި ރޯވީ ދަރުބާރުގޭ ދެކުނު ފަރާތުގައި އޮތް ވޭނެއްގައި ކަމަށެވެ.

ރޯވި ވޭން -- ފޮޓޯ/އެމްއެންޑީއެފް
ވޭނުގެ ތެރޭގައި ޕަވާބޭންކުތައް ބާއްވާފައި ހުރީ ޑޭޝްބޯޑް މަތީގައެވެ.
އެ ހާދިސާ ރިޕޯޓު ކުރީ މިއަދު 10:30 ހާއިރު ކަމަށާއި، އޭގެ ފަހުން ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަލިފާން ނިއްވާލާފައިވާކަމަށް ހަނާ ވިދާޅުވިއެވެ.