17 Sep 2021, 20:43
މުލީއާގެ ކައިރިން، މެދުޒިޔާރަތްކުރިމަތީގައި މީހަކަށް ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން "ސަން"އަށް ވިދާޅުވީ އެތަނުގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު 19:59 ހާއިރު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ހަމަލާ ދީފައިވަނީ ގުރޫޕަކުން ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު މީހާއަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަން ކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.