16 Sep 2021, 14:01
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އައްޔަންކޮށްފައިވާ އެ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގްގެ ތެދުވެރިކަމާއި އިހުލާސްތެރިކަމަށް ޝައްކު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އީސީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފުއާދު އެ މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުއާދަށް މަރުހަބާ ދަންނަވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުއާދަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ނުފޫޒެއްނެތި، މިނިވަންކަމާއެކު ހިންގޭ އިންތިހާބުތަކަކީ ޑިމޮކްރަސީއާއި ޖުޑީޝަރީއަށް ވަރަށް މުހިންމު އެއްޗެއްކަމަށެވެ.
ފުއާދު ވަނީ 2008 އިން 2009 އަސް އީސީގެ މެންބަރެއްގެ މަގާމު އަދާކުރައްވައި، އޭގެ ފަހުން 2014 ގެ ނިޔަލަށް އެ ކޮމިޝަނުގެ ރައީސްކަން ކުރައްވައިފައެވެ.