16 Sep 2021, 11:07
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްގެ ދައުރު ހަމަވުމާ ގާތަށް އައުމުން އެ ޤައުމުން ރާއްޖެއަށް އާ ސަފީރަކު އައްޔަންކޮށްފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން އާ ސަފީރު ޝްރީ މުނު މަހަވަރް ވަރަށް އަވަހަށް މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ. ނަމަވެސް އޭނާ އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.
މިވަގުތު ޝްރީ މުނު މަހަވަރް ގެންދަވަނީ އިންޑިއާގެ ފަރާތުން އޮމާންއަށް ކަނޑައަޅާފައިވާ ސަފީރުކަންވެސް ކުރައްވަމުންނެވެ.
އިންޑިއާގެ ޚާރިޖީ ހިދުމަތްތަކާ 1996 ވަނަ އަހަރު ގުޅިވަޑައިގަތް ޝްރީ މުނު މަހަވަރް އަދިވެސް ދެމި ހުންނެވީ އެ މަސައްކަތުގައެވެ.