19:00


އިދިކޮޅު ފަރާތްތަކަށް ރައްކާތެރިކަމާއި ހިމާޔަތް ނެތުމުން އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުން ނެރެގެން ނަމަވެސް އެ ރައްކާތެރިކަން ހޯދަންޖެހިފައިވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ ވޭދުވެދިޔަ ފަސްވަރަކަށް ދުވަހުގެ ތެރޭ ސަރުކާރުގެ އިސް ބޭފުޅުން ޓީވީ މެދުވެރިކުރައްވާ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މުޖްތަމައުގައި މިހާރު އޮތް ބިރުވެރިކަމަކީ ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފެއްދި ކަމެއް ކަމަށް ވެސް ތަސްމީން ތުހުމަތު ކުރެއްވި އެވެ.


ތަސްމީން ވިދާޅުވީ ޑީއާރުޕީން މަސައްކަތް ކުރަނީ ކެތް ތެރިކަމާއެކު މަސައްކަތްކުރެވޭތޯ ކަމަށާއި ނަމަވެސް ސިފައިން ނުކުމެ ދާޚިލީ ކަންތައްތަކެއްގެ ތެރޭގައި މީހަކު ހައްޔަރުކުރުމުން ސަޕޯޓަރުން ނެރެންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އަދި ޑީއާރުޕީ އަށް ވެސް މާލެ އާއި ރައްޔިތުން މޮބިލައިޒް ކުރެވިދާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.