ހުޅުމާލެ ދެވަނަ ފިޔަަވަހީގައި ވަގުތީ މިސްކިތެއް އެޅުމަށްޓަަކައި އެ މިސްކިތުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާކަމަށެވެ.

އެގޮތުން މި މަސައްކަތް 80 ދުވަސް ތެރޭގައި ނިންމަން ޖެހޭނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ދެވަނަ ފިޔަވަހީގައި އަޅާ މި ވަގުތީ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ 4.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެންވަނީ ފަށާފައެވެ. އެއާއެކު ދެވަނަ ފިޔަވަހީގައި ޒަރޫރީ ބޭނުންތައް ފުއްދޭނެހެން މިސްކިތްތަކާއި ފާމަސީތަކުގެ އިތުރުން ފިހާރަތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.