26 Feb 2012, 15:45
ރޭ މާލޭގެ ހަތަރު ފިހާރައެއްގެ ބިއްލޫރިތައް ތަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދެއްގައި ހުރި ހަތަރު ފިހާރައެއްގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފިހާރައެއްގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އޮފިޝަލު ވިދާޅުވީ އެއްވެސް ފިހާރައަކުން ވައްކަން ކުރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އަދި އެ މައްސަލަތަކާ ގުޅިގެން މީހަކު ވެސް ހައްޔަރުނުކުރާ ކަމަށެވެ.
މަޖީދީމަގުގެ ގޯޅިއެއްގެ ތެރޭގައި ހުންނަ ފިހާރައެއް ފަޅާލައި ވައްކަން ކުރަން ވަދެ އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފަހަކަށް އައިސް މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ތަންތަނުގެ ބިއްލޫރި ތަޅާ ފިހާރަތަކުން ވައްކަން ކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.