އާސެނަލް އަށް ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް އެކުލަބުގެ ކެޕްޓަން ރޮބިން ވެންޕާސީ ބުނެފި އެވެ.

"އާސެނަލް އިން ރަނގަޅު ކުޅުމެއް ދައްކާނަމަ، ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަކީ ނުވާނެ ކަމެއް ނޫން. ނަމަވެސް އެކަން ކުރުމަށް ޓީމު އެކަތި ގަނޑަކަށްވެ ކޮންމެ މެޗަކުން ވެސް މޮޅުވުމަށް އަޒުމު ކަޑައަޅަން ޖެހޭނެ." ވެންޕާސީ ބުންޏެވެ.

އާސެނަލް އަށް ތަށްޓެއް ކާމިޔާބު ނުވާތާ މިހާރު ހަ އަހަރު މިވަނީ ވެފަ އެވެ. އާންމުކޮށް ވަރުގަދަ ޕްރެމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮތުމަށް ފަހު، ޗެމްޕިއަންސް ލީގަށް ދަތުރުކުރާ އާސެނަލް އަށް ވަކި ހިސާބަކުން ނާކާމިޔާބީ ލިބުމުން އެމުބާރާތުން ވެސް ވަކިވާން ޖެހެ އެވެ.