ސްޕެނިޝް ލަލީގާގެ އެއްވަނާ ގައި ރެއާލް މެޑްރިޑް އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އެކުލަބުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

މިސީޒަނުގެ ލަލީގާގައި މެޑްރިޑުން މޮޅު ކުޅުމެއް ދައްކަމުން ދާއިރު، ވާދަވެރި ބާސާ އަށް ބައެއް މެޗުތަކުގައި ލިބެމުންދާ ނާކާޔާބީގެ ސަބަބުން މެޑްރިޑަށް ބޮޑު ފައިދާ އެއް ލިބުމުން ދެ އެވެ. ލަލީގާގެ އެއްވަނާގައި މެޑްރިޑް އޮތީ ދިހަ ޕޮއިންޓްގެ ލީޑަކާއި އެކު އެވެ.

"ލަލީގާގެ އެއްވަނާގައި މެޑްރިޑް އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ދިހަ ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް މޮޅު ކުޅުމެއް ދައްކައި، ލީގުގައި ބާކީ ހުރި މެޗުތަކުން ވެސް މޮޅުވާން މަސައްކަތް ކުރަން ޖެހޭނެ" ރޮނާލްޑޯ ބުންޏެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް މެޑްރިޑް އިން ދަނީ މޮޅު ކުޅުމެއް ދައްކާ ބޮޑު ކާމިޔާބީތަކެއް ހޯދަމުން ނެވެ. އެގޮތުން މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް ގެންނެވެ. ނަމަވެސް މިހަފްތާގެ ޗެމްޕިއަންސް ލީގުގައި ސީއެސްކޭއޭ މޮސްކޯއާއި ދެކޮޅަށް ކުޅުނު ދެވަނަ ބުރުގެ މެޗުން ވަނީ އެއްވަރުވެފަ އެވެ.