13 Sep 2021, 08:10
އަނިލް ކަޕޫރުގެ ދަރި ރިއާ ކަޕޫރު އަދި އިންޑިއާގެ ޓީވީ ޑައިރެކްޓަރެއް ކަމަށްވާ ކަރަން ބޫލާނީ ވަނީ މިމަހުގެ ކުރީކޮޅު ހަނީމޫނަށް ރާއްޖެ އައިސްފައިއެވެ.
ގިނަ ދުވަސްތަކަކު މި ދެމީހުން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނި ކުރީ މިދިޔަ މަހުގެ 14 ގައެވެ. މި ދެމީހުންވެސް ރާއްޖެ އައިސްފައިވަނީ މީގެ ކުރިން އިންޑިއާގެ މުމްބައީގައި ތިބުމަށްފަހުއެވެ.
ރިއާ ވަނީ ހަނީމޫނަށް ރާއްޖެ އައިސް ވަރަށް ގިނަ ފޮޓޯތައް އިންސްޓަގްރާމަށް ޕޯސްޓް ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ޕޫލެއްގައި އޮއްވާ ފޮޓޯ އެއް ޕޯސްޓް ކޮށްފައިވެއެވެ. މި ފޮޓޯ ނަގާފައިވަނީ ކަރަން އެވެ.
ހަމައެހެންމެ ކަރަން ގެ އިންސްޓަގްރާމަށްވެސް ވަނީ ރިއާގެ ފޮޓޯ ތަކެއް ޕޯސްޓް ކޮސްފައެވެ. އަދި ރާއްޖޭގެ ހިތްގައިމުކަމާއި ބެހޭގޮތުން އޭނާ ވަނީ ގިނަ ޕޯސްޓުތަކުގައި ލިޔެފައެވެ.

ރިއާ ކަޕޫރު އަދި ކަރަން ބޫލާނީ ރާއްޖޭގައި
ހަމައެހެންމެ، މިދިޔަ ހުކުރު ދުވަހު ޔޮޓެއްގައި ދެމީހުން ތިބެ ސެލްފީ އެއް ޕޯސްޓް ކުރުމަށްފަހު ކެޕްޝަން ގައި "އޯވާސީސް" ވަނީ ޖަހާފައެވެ.
ރިއާ އަދި ކަރަންގެ އިންސްޓަގްރާމް ޕޯސްޓް ތަކުން ހަނީމޫނާ މެދު ހިތްހަމަ ޖެހޭކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދެއެވެ.
ކަރަން އާއި ރިއާގެ ކައިވެންޏަށް ދައުވަތު ދިނީ ހަމައެކަނި ގާތް ރަހުމަތްތެރިންނަށާއި އާއިލާ މީހުންނަށެވެ.