26 Feb 2012, 12:12
ސްޕޯޓިންގް ލިސްބަން އަށް ކުޅެމުން އަންނަ އެމެރިކާ ޑިފެންޑަރު އޮގޫޗީ އޮންވެޔޫގެ ކަކުލަށް ލިބުނު އަނިޔާ އާއި ގުޅިގެން ކުރި އޮޕަރޭޝަނަށް ފަހު ދެމަސް ދުވަހުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އޮންވެޔޫ ގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ ހަފްތާގައި ޕަސްކޮސް ޑި ފެރޭރާ އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗު ފެށުނުތަނާ ހެންނެވެ. އޭސީ މިލާނަށާއި އެފްސީ ޓްވެންޓޭ އަށް ކުޅުނު ދުވަސްވަރު ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ސްޕޯޓިންގް ގައި އޭނާ ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ.
އޮންވެޔޫގެ ކަކުލަށް ލިބުނު އަނިޔާ އަކީ ތިން އަހަރު ދުވަހު ތެރޭ އޭނާއަށް ލިބުނު ދެވަނަ އަނިޔާ އެވެ. އޮންޔެވޫ އަށް ކުރިން އަނިޔާވީ 2009 ވަނަ އަހަރުގެ އެމެރިކާ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށެވެ.