26 Feb 2012, 11:53
އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗަށް ފިޓްވާނެ ކަމަށް އުންމީދު ކުރާކަމަށް މިހާރު އަނިޔާގައި ހުރި ޓޮޓެންހަމް ހޮޓްސްޕާގެ އެމަނުއެލް އަޑެބަޔޯ ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު ޕްރެމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް ޓޮޓެންހަމް ނުކުންނައިރު، އެޓީމުގެ ފޯވާޑުންނަށް އަނިޔާގެ މައްސަލަތަކާ ވަނީ ކުރިމަތިވެފަ އެވެ. ފަރިތަކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން އަންނަ އަޑެބަޔޯ ބުނީ އާސެނަލް އާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"އިއްޔެގެ ޓްރެއިނިންގް ގައި ވެސް ބައިވެރިވިން. ޓްރެއިނިން ތައް މިދަނީ ވަރަށް ރަނގަޅަށް. މިހާރު އެންމެ ބޮޑު މަސައްކަތެއް މިކުރަނީ އަންނަ އާދީއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗަށް ފިޓްވެވޭތޯ. އެމެޗަށް ފިޓްވެވޭނެ ކަމަށް އުންމީދުކުރަން." އަޑެބަޔޯ ބުންޏެވެ.
އަޑެބަޔޯގެ އިތުރުން އެޓީމުގެ ހޮލެންޑް ފޯވާޑް ރަފެއަލް ވެންޑަ ވާޓް އަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާވެސް ހުރީ ކުޅުމާ ދުރުގަ އެވެ.