ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ (އެސްއެސްއެލް) ގުޅިގެން ބޭއްވި އެމްއެންޔޫއެސްޔޫ އެސްއެސްއެލް ގުރުއާން މުބާރާތުގެ އެއްވަނަ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރު އަލް އުސްތާޒް މުހައްމަދު ޔާމީން އިބްރާހީމަށް ލިބިއްޖެއެވެ.

އެ ޤުރުއާން މުބާރާތުގެ ވަނަތައް އިއުލާންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދީފައި ވަނީ ރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން ތިން ވަނަ އަށް ހޮވިފައިވަނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރު ތައިމާ ހަސަން އެވެ. ދެ ވަނަ އަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު ޝަހިއްޔާ އަބްދުލް ޣަނީއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ އަށް ހޮވިފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދަރިވަރު އާދަމް އަތޫފް އެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ތިން ވަނަ އަށް ހޮވިފައިވަނީ ސްކޫލް އޮފް ނާސިންގެ ދަރިވަރު ޖަމީލާ އަފްނާން ހުސައިން އެވެ. ދެވަނަ އަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ދަރިވަރު އާއިޝަތު މައާނީ އިބްރާހީމް ހޮވުނުއިރު، ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރު އަލް އުސްތާޒް މުހައްމަދު ޔާމީން އިބްރާހީމެވެ.

މީގެ އިތުރުން ވެސް މުބާރާތުގެ އެންމެ ގަދަ ފަސް ދަރިވަރުން ވަނީ ހޮވާފައެވެ. ގަދަ ފަހަކަށް ހޮވިފައިވާ ދަރިވަރުންނަކީ:

އާއިޝަތު އިނާޔާ ބިންތު އަލީ ރައުފް – ސްކޫލް އޮފް ނާސިން

މޫސާ އީމާން އަބްދުއްރަހްމާން – ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް

ހައްވާ ނަދާ – ފެކަލްޓީ އޮފް އެޑިއުކޭޝަން

ފާތިމަތު ވިފާދާ – ސްކޫލް އޮފް ނާސިން

މަރިޔަމް މަލަކާ މާހިރު – ސްކޫލް އޮފް ނާސިން

މުބާރާތުގެ އެންމެ މޮޅު ފެކަލްޓީއަކަށް ހޮވިފައިވަނީ ސްކޫލް އޮފް ނާސިންއެވެ. ދެވަނަ އަށް ހޮވުނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް ކަމަށްވާއިރު ތިންވަނަ ލިބިފައިވަނީ ސްކޫލް އޮފް މެޑިސިންއަށެވެ.