ގައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން ބޭއްވި "އެމްއެންޔޫއެސްޔޫ ޝެޓްސް ކެރަމް މުބާރާތް 2021" ގެ ނަތީޖާ ފާޅުކޮށް، ވަނަ ލިބުނު ދަރިވަރުންނަށް އެވޯޑުދީފިއެވެ.

މި މުބާރާތަކީ އެމްއެންޔޫއެސްޔޫގެ ގޮތްޕެއް ކަމަށްވާ ސޮސައިޓީ ފޯ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ (ޝެޓްސް) އިން ބޭއްވި މުބާރާތެކެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުން އެއްވަނަ ލިބުނު ދަރިވަރުންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވާފައިވަނީ އެމްއެންޔޫ ޑީން އޮފް ސްޓޫޑެންޓްސް ލީލާ އަޙްމަދެވެ.

މި މުބާރާތުގެ ސިންގަލްސް ބައިން ފިރިހެންކުދިންގެ ބައިން އެއްވަނަ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރު އާދަމް ޝާއިއު ހޯދިއިރު، އަންހެން ކުދިންގެ ބައިން އެއްވަނަ ލިބުނީ ބިޒްނަސް ސްކޫލްގެ ދަރިވަރު ފިރުޝާނާ ނަސީރަށެވެ.

އަންހެން ޑިވިޝަންގެ ސިންގަލްސް ބައިން ދެވަނައަށް ސުކޫލް އޮފް ނާސިންގެ ދަރިވަރު ފާތިމަތު އަމްނާ ހޮވިފައިވާއިރު ފިރިހެން ސިންގަލްސް ޑިވިޝަންގެ ދެވަނަ ހާސިލުކޮށްފައިވަނީ އެމްއެންޔޫބީއެސް ގެ ދަރިވަރު އިސްމާއިލް އަރީޝް ރަޝީދެވެ.

އަންހެން ޑިވިޝަންގެ ސިންގަލްސް ބައިން ތިންވަނަ ހޯދީ ސްކޫލް އޮފް ނާސިންގެ ދަރިވަރު މަރިޔަމް ޖައުދާ މައުމޫނެވެ. ފިރިހެން ޑިވިޝަންގެ ސިންގަލްސް ބައިން ތިންވަނައަށް ހޮނުވީ އެމްއެންޔޫބީއެސްގެ ދަރިވަރު އަލީ ނިހާދެވެ.

މީގެ އިތުރުން މުބާރާތުގެ ޓީމު އިވެންޓްގެ އަންހެން ޑިވިޝަންގެ އެއްވަނަ ސްކޫލް އޮފް ނާސިންގ އިން ހޯދާފައިވާއިރު، ފިރިހެން ޑިވިޝަންގެ އެއްވަނަ ހޯދާފައިވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްއެވެ. ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ދެ ވަނަ ވެސް ހޯދާފައިވަނީ އެމްއެންޔޫބީއެސް އިންނެވެ.