ޓިކްޓޮކްގައި ބަރަހަނާ ވެގެން އުޅުނު މީހެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ދިވެއްސަކު ޓިކްޓޮކްގައި ބަރަހަނާ ވާ ވީޑިއޯއެއް އާންމުވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޓިކްޓޮކް ގަވައިދުގައި ބަރަހަނާ ވީޑިއޯ އާންމު ކުރުމަކީ މަނާ ކަމަކަށް ވާތީ އޭނާގެ އެކައުންޓު ވަނީ ބޭން ކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.