އަހަރެމެން ކިތަންމެ ކުޅިކޮށް ކާން ލޯބިކުރިކަމުގައިވިޔަސް، ކުޅިކޮށް ކެއުމަށްފަހު އެ އުފުލަން ޖެހޭ ތަކުލީފަކީ ވަރަށް ބޮޑު ތަކުލީފެެވެ. ލޮލުން ފެން އާދެ އެވެ. އަނގައިގައި ނުލާހިކު ގިނައިން ދަވަ ހެދެއެވެ. ދާހިތްލައެވެ. ކުރުގޮތަކަށް ބުނާކަމުގައިވަނީނަމަ ބޮލުން ދުން އަރާ އަދި ކަންފަތުން ދިލަ ނަގައެވެ. އަނގައިގައި ހީވާނީ އަލިފާން ރޯވެފައި ހުންނަހެންނެވެ.

މި ކަންތައް ހައްލު ކުރުމަކީ ހީކުރާވަރަށްވުރެވެސް ފަސޭހަ ކަމެކެވެ. އެގޮތުން، ކުޅިވުމުން ކިރު ތައްޓެއް ބޯންވާނެ އެވެ. ކުޅި ކާނާތަކުގައި ހިމެނެނީ "ކަޕްސައިކިން" ކިޔާ މާއްދާއެކެވެ. ކިރު ތައްޓެއް ބުއިމުން މި މާއްދާ ނައްތާލަން އެހީވެދެ އެވެ.

މީގެ އިތުރުން، ޔޯގަޓަކީ ކުޅި އެއްޗެއް ކެއުމުގެ ކުރިން ކާން މުހިއްމު އެއްޗެކެވެ. ސަބަބަކީ ޔޯގަޓް ކެއުމުން އަނގަ ތެރޭގައި ކުޅި އެއްޗެހީގެެ ސަބަބުން އަނގަތެރޭގައި ކުޅި އުފައްދާ ނުދިނުމަށް އަނގަތެރޭގައި ޕްރެޓެކްޓިވް ލޭޔާ އެއް އުފައްދާދޭނެ އެވެ.

ހަމައެހެންމެ، ހޫނު ކަޅުސައިތައްޓަކީ ކުޅި ފިލުވާލުމަށް އެހީވެދޭނެ އެއްޗެކެވެ. އަދި ޕާނާއި ބަތްޕެން ފަދަ އެއްޗެއްސަކީވެސް އަނގަތެރެއިން އެ އެއްޗެއް ކެއުމުން ކުޅި ފިލުވައިދޭނެ އެއްޗެއްސެވެ.