މަސައްކަތުގައި އަވަދިނެތި އުޅެފައި ގެއަށް އައިސް ޓީވީ ބަލަން އޮއްވާ ނިދުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ބައެއް މީހުން މިއީ މާ ބޮޑުކަމަކަށް ނުހެދިޔަސް ޓީވީ ބަލަން އޮވެ ނިދުމަކީ އޭގެ ސަބަބުން ގެއްލުންތަކެއްވާ ކަމެކެވެ.

ޓީ.ވީ ބަލަން އިންނަ ވަގުތު ތާއްޔާ ޖެހޭ ހެއްޔެވެ؟ އެއީ ތިބާ ޓީވީ ނިއްވާލުމަށްފަހު ނިދަން ދާންވީ ވަގުތެވެ.

ރިސާޗަރުން ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، ޓީ.ވީ ބަލަން އިނދެ ނިދުމަކީ އެމީހެއްގެ މޫޑު ބަދަލުވާ ކަމެކެވެ. އެގޮތުން މުޅި ދުވަސް މަތިން މީހާ ފޫހިވާ ފަހަރު އާދެއެވެ.

މީގެއިތުރުން ޑރ. ގާއި މިޑޯވްސް ބުނެފައިވަނީ ޓީ.ވީ އިން ފޯރުކޮށްދޭ އަލީގެ ސަަަބަބުން ލޮލަށް ވަރަށް ގިނަ ގެއްލުންވެއެވެ. އެގޮތުން ލޮލުގެ ފެނުން ނުސާފުވުމަށް މަގުފަހިވެއެވެ. ހަމައެހެންމެ، ޓީ.ވީ ބަލަން އޮއްވާ ނިދުމަކީ އެކަމަށް ދެވިހިފާ ކަމެއް ކަމުގައިވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

ޓީ.ވީ ބަލަން އޮއްވާ ނިދުމުގެ ސަބަބުން ވާ އެންމެ ބޮޑު ގެއްލުމަކީ ޑިޕްރެޝަނަށް މީހާ މަގުފަހިވުމެވެ. ޑިޕްރެޝަނަށް ދާ ސަބަބަކީ، ގިނަ ވަގުތު ޓީ.ވީ ބަލަން އިނުމުގެ ސަަބަބުން ނިދަން ޖެހޭވަރަށް ނިދި މީހާއަށް ނުލިބޭނީއެވެ. ނުވަތަ ހަމަ ނިދިނުލިބޭނެއެވެ. އެެހެންކަމުން، މުޅި ދުވަހުގެ މޫޑު ބިނާވަނީ އެމީހަކަށް ނިދި ލިބިފައިވާ މިންވަރަށެވެ.