11 Sep 2021, 18:09
ދަރުބާރުގޭގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަންގައި ބަހައްޓާފައިވާ ބައު ޓްރާންސްފޯމަރު ބަދަލުކޮށްފިއެވެ.
ދަރުބާރުގޭ ސަބްސްޓޭޝަންގައި ބަހައްޓާފައިވާ ޓްރާންސްފޯމަރަށް މިދިޔަ އަންގާރަ ދުވަހު ދިމާވި މައްސަލައަކާ ގުޅިގެން އެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނު ސަރަހައްދަށް އަލުން އެ ހިދުމަތް ފޯރުކޮށްދިނީ ވަގުތީ ގޮތުން ކޭބަލެއް ގުޅައިގެން ކަމަށެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ދަރުބާރުގޭ ސަބްސްޓޭޝަންގައި މިއަދު އައު ޓްރާންސްފޯމަރެއް ބަހައްޓައިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ އަމާޒަކީ މިގޮތަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ކަސްޓަމަރުންނަށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ.