11 Sep 2021, 08:50
ގިނަފަހަރު ޑަސްބިނަށް ކުނި އެޅުމަށްފަހު އުކާލާއިރު ވެސް ޑަސްބިނުގައި ހުންނަ އެއްޗެހީގެ ސަބަބުން ނުބައި ވަސް ދުވައެވެ. އެއީ ކޮތަޅެއް ޑަސްބިނަށް ލީ ނަމަވެސް ދިމާވާ ކަމެކެވެ.
މީގެއިތުރުން ކިތަންމެ ބޮޑަށް ބަންދުކޮށްފައި ހުރި އެއްޗެއް ލީ ނަމަވެސް، ޑަސްބިނުގައި އުފެދޭ ހޫނުގެ ސަބަބުން އެތަކެތި ކުނިވެ ނުބައި ވަސް ދުވައެވެ. އެހެންކަމުން މިކަމަށް ހައްލު ލިބިދެނީ ބޭކިން ސޮޑާ ބޭނުން ކޮށްގެންނެވެ.
އެގޮތުން ގޭގައި ހުންނަނީ ޕްލާސްޓިކު ޑަސްބިނެއްނަމަ، ޑަސްބިނަށް ކޮތަޅު ލުމުގެ ކުރިން ޑަސްބިނުގެ އެތެރެއަށް ބޭކިން ސޮޑާ ކޮޅެއް ބުރުވާލާށެވެ. ހަމައެހެންމެ، ގޭގައި ބޭނުންކުރާ ޑަސްބިނަކީ ދަގަނޑުން އުފައްދާފައިވާ އެއްޗެއްނަމަ، ތަންކޮޅެއް ގިނައިން ބޭކިން ސޮޑާ އަޅަން ވާނެއެވެ. މީގެ ސަބަބުން ޑަސްބިނުގައި ހުންނަ ކޮތަޅު އުކާލުމަށް ފަހުގައި ވެސް އެއްވެސް ނުބައި ވަހެއް ނުދުވާނެއެވެ.
އަދި ޑަސްބިނުގައި ކުނި ހުންނަ އިރުވެސް ޑަސްބިނުން ނުބައި ވަސް ދުވުން ކުޑަކޮށްދޭނެއެވެ.