ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާއި ޅ. ހިންނަވަރު ބައްދަލުކުރި މެޗު 4-0 ޒުވާން ގައުމީ ޓީމު ކާމިޔާބުކޮށްފިއެވެ.

ޅ. އަތޮޅުގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕުގެ ތެރެއިން 23 އަހަރުން ދަށުގެ ޓީމު ވަނީ ހަތަރު މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ނައިފަރު އަތުން އެއްވަރުވި އިރު ދެވަނަ މެޗުގައި ނ. ހޮޅުދޫ އަތުންވެސް ވަނީ އެއްވަރުވެފައެވެ. ތިން ވަނަ މެޗުގައި ޒުވާން ޓީމު ވަނީ ކުޑަފަރީގެ މައްޗަށް 8-3 ކުރި ހޯދާފައެވެ.

އިއްޔެ ގައުމީ 23 އަހަރުން ދަށުގެ ޓީމު ވަނީ ރ. މީދޫ އާއި ބައްދަލުކުރި މެޗު 7-0 ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗުގައި ގޯލުތައް ޖެހީ ސަޔަމް ސައީދު، ޖައިލަން، ނޫހް ތަހްމީމު އަދި ޒާން އާމިރުއެވެ.

އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ. ކޮލިފައިން މެޗުތައް ކުރިއަށް ދާނީ އޮކްޓޫބަރު 27 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފުރަތަމަ މެޗުގައ ރާއްޖެ ނިކުންނަނީ އިރާގާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ބަހްރެއިން އާއި ވާދަކުރާއިރު ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.