ސެމްސަން ގެލެކްސީއިން އެންމެ ފަހުން ތައާރަފްކުރި ގެލެކްސީ ޒީ ފޯލްޑް-3 އަކަށް ޕްރީއޯޑަރު ކުރުމުގު ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން ދިރާގުން ބުނީ އެންމެ ފަހުގެ ފޯނުދިރާގު އީޝޮޕް ވެބްސައިޓުންޕްރީއޯޑަރު ކޮށްލެވޭނެކަމަށެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑަރުކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ ހަ މަސްދުވަހުގެ މުއްދަތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް-2 ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ވެސްވަނީ ނިންމާފައެވެ.

މިއީ ސެމްސަންގްގެ ފައްޖަހާލެވޭ ފޯނުތަކުގެ ތިންވަނަ ޖެނެރޭޝަންގެ ފޯނެކެވެ. އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެއެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗި "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއް މި ފޯނުގައި ހިމެނޭއިރު ގެލެކްސީ ފޯލްޑް-3 އަށް ސެމްސަން ގެލެކްސީ އެސް ޕެން ވެސް ސަޕޯޓްކުރާނެއެވެ.